ހަނިމާދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

044641-img 2929

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ މެދުތެރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ހަނިމާދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ހާއްސަ ހަފްލާއަކާއެކު މި މަހުގެ މެދު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޑިޒައިން އަދި ސާވޭގެ މަސައްކަތްތަކާއި، ސައިޓު ކްލިއަރެންސްގެ މަސައްކަތް ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *