ސިޓީ ކައުންސިލް މުވައްޒަފުންގެ ވަގުތީ ހިޔާއަކަށް ކޮވިޑް ވިލެޖް

7422910F-BF37-4205-B5A5-518F4F464327

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި އެކޮމޮޑޭޝަން ބްލޮކްތަކުގައި ދިރިއުޅުނު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި ކޯވިޑް ވިލެޖް ހަމަޖައްސައިފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ 202 މުވައްޒަފުންގެ ވަގުތީ ހިޔާއެއްގެ ގޮތުގައި ކޮވިޑް ވިލެޖް ހަމަޖައްސައި އެތަނަށް އެމީހުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން އެމީހުން އެމީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރަމުން އަންނަ ކަމަށްވެސް ޑިޒާސްޓާއިން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅުނީ ރެއިންބޯގެ މުވައްޒަފުންނެވެ. ނަމަވެސް އެ ކުންފުނިން ވަނީ އަލިފާނުގެ ޙާދިސާ ހިނގިއިރު ތިބި 133 ބިދޭސީން އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށް ބަދަލުކޮށްފައެވެ. .

Leave a Reply

Your email address will not be published. Required fields are marked *