5 ސަރަހައްދެއްގައި ހައުސިން ޔުނިޓް އަޅަން އެމެރިކާ ކުންފުންޏަކަށް

F42_-s-bkAA12VR

ރާއްޖޭގެ ފަސް ސަރަހައްދެއްގައި 4000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު އެފްޑީސީ އާއި ސްޓްރަކްޗާސް އަންލިމިޓެޑްއާ ދެމެދު އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ.

އެެފްޑީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި 750 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް، ލ. ގަމުގައި 1،000 ހައުސިން ޔުނިޓް، ކުޅުދުއްފުށި ސިޓީ 1000 ހައުސިން ޔުނިޓް އަދި ގްރޭޓާ މާލެ ސަރަޙައްދުގައި 750 ހައުސިން ޔުނިޓް ތަރައްގީކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭއިރު، މަޝްރޫއަށް 249 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެފްޑިސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *