ދިއްދޫ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

F43P4-3aIAACqMU

ހއ.ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އާއި ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު އަދި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުއެވެ.

ދިއްދޫގައި ޢިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. 2 ފަންގިފިލާގެ މި ޢިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 4 ކްލާސްރޫމާއިި، 2 ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނެއެވެ.

މި މަޝްރޫއަށް 50.89 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *