ހުޅުމާލޭގައި އަލަށް ހިއްކާ ސަރަހައްދުން އުޅަނދު ނެގުމަށް އަންގައިފި

WhatsApp Image 2023-09-03 at 14.26.52

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް މި ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލޭގައި އަލަށް ހިއްކާ ސަރަހައްދުގެ މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭ ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، އެހެންކަމުން، ސައިޓް އޭގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިގޮތަށް ނެގޭ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރު ވަނީ ފަހިކޮށްދީފައި ކަމަށާއި، އަދި އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައި ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާ، ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *