ރައީސްގެ ވައުދު ނޭކުރެންދޫއަށް: މަގު ހަދައި، ޔޫތު ސެންޓަރަކާއި ބެޑްމިންޓަން ކޯޓެއް އަޅައިދޭނަން

IMG_4117

ކުރިޔަށް އޮތް ދައުރުގައި ހދ.ނޭކުރެންދޫގެ މަގުތައް ހަދައި، ޔޫތު ސެންޓަރެއްގެ އިތުރުން ބެޑްމިންޓަން ކޯޓެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނޭކުރެންދޫއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި ނޭކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބަނދަރު ހެދިގެންދާއިރު މޫދަށް އެރޭ ސަރަހައްދަކާއި، ދޯނި އެހެލާ ތަނެއް ތަރައްގީ ކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ނޭކުރެންދޫ ޒުވާނުން ބޭނުންވާ ގޮތަށް އެ ރަށުގައި ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ޔޫތު ސެންޓަރެއް ގާއިމުކޮށް، އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅައިދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއްވެސް އަޅައިދޭނެ ކަމަށް ރައީސް ވަނީ ވައުދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *