ރައީސްގެ ވައުދު ވައިކަރަދޫއަށް: ރޯހައުސް އަޅައި، މަގު ހަދައި، މޫދަށް އެރޭނެ ސަރަހައްދެއް

IMG_4266

އަންނަ ދައުރުގައި ހދ. ވައިކަރަދޫގައި ރައީސްގެ ވައުދު ވައިކަރަދޫއަށް: ރޯހައުސް އަޅައި، ބޮޑެތި މަގު ހަދައި، މޫދަށް އެރޭނެ ސަރަހައްދަކާއި އައު މިސްކިތެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ވައިކަރަދޫއަކީ އަބަދުވެސް އިސްލާހީ މަސައްކަތުގައި އެކީގައި އޮތް ރަށެއް ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުންވެސް މިހާރު ފެންނަނީ ވައިކަރަދޫއިންވެސް ފެންނަ ހަމަ އެ މަންޒަރެވެ.

ރައީސް ވިދާޅުވީ، ނާމާންކަމާއި ބިރުވެރިކަމަށް އެނބުރިދާން ރައްޔިތުން ބޭނުންނުވާ ކަމަށާއި، އުފާވެރިކަމާއި ހަމަޖެހުން މިހާރު ގެނެވިފައިވާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ސަރުކާރުން ތަރައްގީއަށް ފޯކަސް ކުރުމުން ކަމަށާއި، ރައްޔިތުން ބޭނުންވަނީ މިގޮތުގައި ސަރުކާރުން ކުރިއަށް ދިޔުމަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ ދައުރުގައި ވައިކަރަދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިކަމަށް އިންޓްރެސްޓް ކުޑަ ލޯނާއި ބިން ފޯރުކޮށްދޭނެ ކަމަށާއި، ދިވެހި މާކެޓަށާއި ބޭރު މާކެޓަށް ދިވެހި ދަނޑުވެރިކަމުގެ ޕްރޮޑަކްޓްސްތައް ހުޅުވާލާނެ ކަމަށެވެ. އަދި، އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރޯހައުސް އަޅައިދޭނެ ކަމަށެވެ.

މީގެއިތުރުން، އަންނަ ދައުރުގައި ވައިކަރަދޫ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ. ބަނދަރުގެ ތޮށި ބަދަލުކޮށް މޫދަށް އެރޭނެ ސަރަހައްދަކާއި، ސްކޭޓް ޕާކެއްވެސް އަޅައިދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި، ބޮޑު މިސްކިތަކާއި، ކާގޯ ފެރީގެ ހިދުމަތް އެ ސަރަހައްދަށް ތައާރަފް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އަންނަ ބޮޑު ބަދަލު އެހެން ބަޔަކު ސަރުކާރަށް އައިސްފިނަމަ އެކަން ހުއްޓުވާލާނެ ކަމަށެވެ. އެގޮތުން، ޓޫރިޒަމް ބޮޑު ބަދަލެއް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ލޯކަލް ޓޫރިޒަމް އެ އަތޮޅުގައި ފައްކާ ކުރުމަށް މިހާރު ބިންގާ މި ސަރުކާރުން އަޅާފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ ސަރަހައްދުގައި 5،000 އެނދު ތައާރަފް ކުރުމެެ. ރައީސް ސޯލިހު އެދިވަޑައިގަތީ އަންނަމުންދާ ތަރައްގީއާއެކު ރައްޔިތުން ކުރިއަށް ވަޑައިގަތުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *