ދޮގު ހެކި ދިން މައްސަލައިގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ރައީސް ޔާމީންއާއެކު މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރޭޝް

ވ.އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ޝަރީއަތުގައި ދޮގު ހެކި ދިންކަމުގެ ތުހުމުަތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހަށް ހާޒިރުކުރުމަށް ފަހުގައި ވަނީ ދައުވާ އިއްވާ، ތުހުމަތުތައް ސާފުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުގައި ދީފައިވަނީ ދޮގު ހެކިބަސް ކަމަށް ބުނެފައުވަނީ އާރަށު މައްސަލައިގާ އެކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމުގައެވެ. އޭގައި ބުނެފައިވަނީ ދައުވާއިން ސަލާމަތްވެވަޑައިގަތުމަށް ޔާމީންގެ ފަރާތުން ދޮގުހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *