ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފަށައިފި

F5J8OSRaAAAzoM_

ހއ.ދިއްދޫގައި އެމްޓީސީސީން އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ދިއްދޫގައި އިއްޔެ ފަށާފައި ވަނީ  32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކޮށްގެންނެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީން ބުނީ، އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ ކަމަށާއި، އެ މުއްދަތު ހަމަވުމުން އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ލިބޭނެ ކަމަށެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *