ގިރާވަރު ފަޅު ހިއްކައި މި އަަހަރު ގޯތި ދޫކުރާނަން: ރައީސް ސޯލިހު

ss

މާލޭ ރައްޔިތުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރުފަޅު، މިއަހަރު މެދުތެރޭ ހިއްކައި، އެތަނުން ގޯތި ދޫކުރަން މި އަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ މާލޭ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައި 16،000އަށް ވުރެ ގިނަ ފްލެޓާއި، ގޯއްޗާއި، ރޯ ހައުސްގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށާއި، މާލެއަށް ހާއްސަ ކޮށްގެން 7،000 ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫވެސް ކުރިޔަށްދާ ކަމަށެވެ.

"ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ނިމެމުންދާތަން ތިބޭފުޅުންނަށް މި އަހަރު މެދު ތެރޭގައި ފެނިގެން ދާނެ. މިއީކީ ހުވަފެނެއް ނޫން" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ގިރާވަރު ފަޅު ހިއްކާ، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް 2،000 ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *