ރައީސްގެ ވައުދު މާކުރަތަށް: ބިން އިތުރުކޮށް، ހައުސިން ޔުނިޓް އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް

IMG_0551

ކުރިޔަށް އޮތް ދައުރުގައި ރ.މާކުރަތަށް ބިން އިތުރުކޮށް، ހައުސިން ޔުނީޓް އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާކުރަތަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރު މާކުރަތަށް ބިން އިތުރުކޮށް ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހައުސިން ޔުނިޓް އަޅާނެ ކަމަށާއި، އަދި ޒުވާނުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނެ ކަމަށެވެ.

މާކުރަތުގައި ފެންބޮޑުވާ މަގުތައް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މި ދައުރުގައި ހަވާލުކޮށް، އަންނަ ދައުރުގައި މަސައްކަތް ނިންމާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާލުވެފައެވެ. އަދި ރަށުގެ ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް އިތުރުކޮށް ބޭނުންވާ އިތުރު ވަސީލަތް ގާއިމުކުރާނެ ކަމަށާއ. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ލެބޯޓްރީގެ ހިދުމަތް ގާއިމުކުރާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މާކުރަތު އޮޑިވެރިންގެ އެދުމާ އެއްގޮތަށް ރަށުގައި ދޯނި އެހެލާ ސަރަހައްދެއް ތަރައްގީ ކޮށްދޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ

Leave a Reply

Your email address will not be published. Required fields are marked *