އަދާލަތުގެ އިލްމުވެރިންނާައެކު ގިނަ އިލްމުވެރިން އިބޫއަށް ތާއީދު ކޮށްފި

img_md_202309061239461693985986.8469

އަދާލަތު ޕާޓީގެ އިލްމުވެރިންނާއެކު ގިނަ އިލްމުވެރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

ރައީސް ސޯލިހުއަށް ތާއީދު އޮތްކަން ހާމަކުރަން މިއަދު ގިނަ އަދަދެއްގެ އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އާއި ޑރ. މުހައްމަދު އިޔާޒް އަދި ޝައިހް އިލްޔާސް ހުސެއިންގެ އިތުރުން ގިނަ އިލްމުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝައިހް އިލްޔާސް ވިދާޅުވީ އެހެން ވެރިންނާ ރައީސް ސޯލިހު ތަފާތު ވަނީ މީހުން ހިފައި ހައްޔަރުކޮށް ޖަލަށް ލުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކުގެ މީހުންނަށް ފުރުސަތު ދެއްވުން ކަމަށާއި، އަދި އަދާލަތު ޕާޓީއާއެކު މި ސަރުކާރުން ހަދާފައި އޮތް ކޯލިޝަން ދެމި އޮތީވެސް އެ ސަބަބާއެކު ކަމަށެވެ.

"މިދިޔަ ފަސް އަހަރަކީ ރާއްޖޭގައި ހަލަބޮލި ސިޔާސީ މައިދާނެއް އުފެދުނު ފަހުން އެންމެ އަމާން، ސުލްހަވެރި ވެރިކަމެއް ކުރި ފަސް އަހަރު" އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީނީ އިލްމުވެރިންނަށް ނުދޭ ވަރަށް، މި ސަރުކާރުން ފުރުސަތު ދީފައިވާ ކަމަށާއި، ދީނީ ރޮނގުން މީހުން ކުރިއެރުވުމަށް 10،000 އަށް ވުރެ ގިނަ ޕްރޮގްރާމްތައް ވެސް މި ދައުރުގައި މިނިސްޓްރީން ހިންގާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *