މާފުށީ ހިއްކި ބިމުން 312 ގޯތި ދޫކުރަނީ

img_md_202101190142271611045747.9666

ކ.މާފުށީގެ ހިއްކި ބިމުން 312 ގޯތި ދުކުރުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މާފުށީ ކައުންސިލުން ބުނީ، އަންނަ މަހު ގޯތި ދޫކުރުމަށް ހުޅުވާލައި، އިއުލާން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާފުށިން ދޫކުރާ 312 ގޯތީގެ ތެރެއިން ރައްޔިތުންނަށް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ 306 ގޯތިއެވެ. އަދި ބާކީ ހަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

މާފުށީގައި ގޯތި ދޫކުރުމަށް އޮތް ހިއްކި ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފަ އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *