މުއިއްޒުއަކަށް ޔާމީނުވެސް ވޯޓެއް ނުދޭ!

l_2023_08_04_101137_jely8gsphx4iaonbzf75d2c1rwmv93tuqk6_EN_

ޑރ. މުއިއްޒުއަށް ވޯޓު ނުދެއްވުމުގެ ގޮތުން ޖަލު ފޮއްޓަށް ކުރީގެ ރައީސް ޔާމީން ރަޖިސްޓްރީ ނުކުރައްވާކަން ހާމަވެއްޖެއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަައްވަމުން ގެންދަވާތީ ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ. މާފުށީ ޖަލުގައި ދެ ފޮށި އިލެކްޝަންސް ކޮމިޝަނުން ބަހައްޓާފައިވާއިރު، އެ ފޮށިތަކަށް ރަޖިސްޓްރީވުމަށްވެސް ފުރުސަތު ހުޅުވާލެވުނެވެ. އެހެންނަމަވެސް، މާފުށި ޖަލަށް އެމަނިކުފާނު ރަޖިސްޓްރީ ނުކުރައްވައެވެ.

އެހެންވެ އިލެކްޝަން ކޮމިޝަނުގެ ވޯޓާސް ލިސްޓުގައި އެ މަނިކުފާނިގެ ނަންފުޅު އޮތީ މައްޗަންގޮޅި އުތުރު ދާއިރާގެ ދެވަނަ ވޯޓު ފޮށީގެ ލިސްޓުގަ އެވެ. މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޔާމީނު ވޯޓެއް ނުދެއްވައެވެ.

ޕީޕީއެމް ޓިކެޓުގައި މިފަހަރު ރައީސް ޔާމީން ކެނޑިޑެސީ ފޯމުވެސް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ ފޯމު ބާތިލްކުރުމާއި ގުޅިގެން ސުޕްރީމް ކޯޓައް ރައީސް ޔާމީން މައްސަލަވެސް ހުށަހެޅުއްވިއެވެ. އެ މައްސަލަ އެމަނިކުފާނާއި ދެކޮޅަށް ނިމުމުގެ ކުރިންވެސް ޑރ. މުއިއްޒު ހުންނެވީ ޕާޓީ ބަދަލުކުރައްވައި ޕީއެންސީ ޓިކެޓު ކަށަވަރުކުރައްވައިގެންނެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓު ހުކުމް އިއްވި ދުވަހު ޕީޕީއެމް ތެރޭގައި ހަމަނުޖެހުން ހިންގާފައިވެސް ވެއެވެ. ރައީސް ޔާމީން އިންތިހާބު ބޮއިކަޓް ކުރަން ނިންމި ނަމަވެސް ޑރ. މުއިއްޒު ސެނެޓުގެ ތާއީދު ހޯއްދަވައިގެން އިންތިހާބަށް ނިކުންނެވީއެވެ.

Leave a Reply

Your email address will not be published. Required fields are marked *