4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމަށް ފުރުސަތު ލިބޭނެ: އީސީ

F5lEqFOaoAACdyE

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު 4 ޖަހާއިރު ބަންދުވާނެ ކަމަށާއި، ކިއުގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އީސީން ބުނެފިއެވެ.

އީސީގެ ނައިބްރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު 2023ގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަށާއި، 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މެންދުރު 2 ޖެހުމާ ހަމައަށް 58.42 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *