ހުޅުލެއަށް އިންޑިއާ ސިފައިން ގެންދާ ކަމަށް ބުނެ ފެތުރީ ދޮގެއްކަން ފަޅާއަރައިފި

F5vkOgdbUAAe7Oo

އިންޑިއާ ސިފައިން ހދ.ހަނިމާދޫ އިން ހުޅުލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިޔަ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން ފަތުރަމުންދިޔައީ ދޮގެއްކަން ފަޅާއަރައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން ކުރި ޓުވީޓުގައި އިންޑިއާ ސިފައިން ހަނިމާދޫ އިން ހުޅުލެއަށް ގެންގޮސް އެތަނުގައި އިންތިހާބު ނިމެންދެން ބައިތިއްބަން އުޅޭ ކަމަށާއި، ހަނިމާދޫ އެއާޕޯޓްގައިވެސް އިންޑިއާ ސިފައިން ތިބި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، ޑރ.އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ދެ އަހަރުގެ ކުޑަކުއްޖަކު އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި އެމަޖެންސީގައި މާލެ ގެނެވިފައިވާ ކަމަށެވެ. އަދި މިއާއެކު ހާމަވެގެން ގޮސްފައި ވަނީ ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ އެމަޖެންސީގައި ހުޅުލެއަށް ޖެއްސި އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓު ކަމެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މާލެ ގެނައުމަށް ވަމުންދިޔަ ތައްޔާރީތައް އޮޅުވާލައި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެދޭގޮތަށް ޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ ހަމަތަކާއި މުޅިން ޚިލާފު، ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ.

ހަނިމާދޫގައި އިންޑިއާ ސިފައިން އުޅޭ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ހަނިމާދޫގެ ވޯޓުލާ އާބަދީގެ 81 އިންސައްތަ ރައްޔިތުން ވޯޓުލާފައިވާއިރު 534 މީހަކު ވޯޓުލާފައި ވަނީ ރައީސް ސޯލިހުއަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓް މުއިއްޒުއަށް ވޯޓުލާފައި ވަނީ 348 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *