ޕީޕީއެމްގެ ފިކުރު ބަދަލެއް ނުވޭ، އެއީ އަނިޔާވެރި ފިކުރު – ފައްޔާޒް

IMG_9348

ވާދަވެރި ޕީޕީއެމްގެ ފިކުރަކީ އަނިޔާވެރި ފިކުރު ކަމަށާއި، އެ ފިކުރަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ކެމްޕޭން ހަރަކާތްތެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، މީގެ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ރައްޔިތުންނަށް ލިބިފައިވާ އަނިޔާ މަތިން ބައެއް މީހުން ހަނދާނެއް ނެތް ކަމަށާއި، ނަމަވެސް ވާދަވެރިންގެ އަނިޔާވެރި ފިކުރު އޮތީ ހަމަ އެ ގޮތަށް ކަމަށެވެ.

ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތައް ފިލުވާލައި ދެވަނަ ބުރަށް ނިކުންނާނީ އިތުރަށް ވާން ޖެހޭ ތައްޔާރީތައްވެ ހުރިހާ ކަމެއް ހައްލުކޮށްގެން ކަމަށާއި، ގިނަ ރައްޔިތުން ކުރިން އެ އޮތް އަނިޔާވެރި ވެރިކަމަށް ދާން ބޭނުން ނުވާނެ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ނެތް ވެރިކަމެއްގައި ދިޔަރެސް ކަހަލަ ނޫހަކަށް ނޫޅެވޭނެ. ކޮންމެ މިނަޓަކު އެ ފަތުރަމުންދަނީ ދޮގު ވާހަކަތައް. އަޅުގަނޑުމެން އެއަށް އަޅައެއް ނުލަން. ދިޔަރެސްގެ އިތުރުން ރަނގަޅު ހަބަރު ފަތުރާ ނޫސްތަކަށްވެސް ނޫވޭނެ. ނަމަވެސް ގައުމު އަނިޔާވެރިކަމުން ސަލާމަތް ކުރުމަށް އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެ" ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން ވައުދުވީހެން އަދުލުވެރި ވެރިކަމަކާއި ޑިމޮކްރަސީގެ ނަމޫނާ ވެރިކަމެއް ގާއިމުކުރުމަށް ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއަކީ ގައުމުގައި މިނިވަންކަމާއެކު ހުރިހާ ރައްޔިތުން ދިރިއުޅެމުންދިޔުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، ޑިމޮކްރަސީގެ މަގުގައި ހިފަހައްޓައިގެން ތިބޭތީ އެކި ގޮތްގޮތުން އެބޭފުޅުންނާ އަންނަނީ ދިމާކުރަމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *