ޗޯރު އެ އިނީ ޖަލުގައި، ޗޯރުން އަދިވެސް ތިބޭނީ ޖަލުގައި – އަސްލަމް

IMG_9317

ޗޯރު އޮތީ ޖަލުގައި ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ޗޯރު އޮންނާނީ ޖަލުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މެޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކެމްޕޭން ހަރަކާތްތެރިންނާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި އަސްލަމް ވިދާޅުވީ، ޗޯރުންނޭ ގޮވަމުންދަނީ މި ގައުމަށް އެންމެ ބޮޑަށް ހިޔާނާތްތެރިވި މީހުން ކަމަށާއި، ޗޯރުންނަށް ދެން މި ގައުމުގައި ޖާގަ ދެވެން އެއްގޮތަކަށްވެސް ނެތް ކަމަށެވެ.

"މި ގައުމު އަނެއް ކަންދަހާރަށްވުން އެފޯޑެއް ނުކުރެވޭނެ. އެ ހަނގުރާމަ އާއި ނާމާން ކަމަށް ދެވޭކަށް ނެތް. ސޮރީ. މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ޖެހޭ. ގައުމު ހަމަޖެހުންމަތީ ބާއްވަން ޖެހޭ" އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އިދިކޮޅުން ފަތުރަމުންދާ ދޮގު ފިތުނައިގައި ރައްޔިތުން ނުޖެހުމަށް ވަރަށް ބޮޑަށް އެދޭކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ސިޔާސީ ގޮތުން ފަތުރާ ވާހަކަތަކުން ސަލާމަތްވާން ޖެހޭ ކަމަށާއި، އެބޭފުޅުން ގައުމުދެކެވާ ލޯބި އިތުރު އެހެން ޕާޓީއަކަށް ނުވެވޭނެ ކަމަށެވެ. އަދި ގައުމުން އެއްވެސް ތަނެއް ދޫކުރަން އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން އެއްބަހެއް ނުވާނެ" އަސްލަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުން ބަލިވާން އަދި ގާތްވެސް ނުވާ ކަމަށާއި، އިންތިހާބު ނިންމާލާނީ މޮޅުވެގެން ކަމަށެވެ. އަދި 37،000 ވޯޓު ނުލެވި އޮތްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ވޯޓު ނުލެވެން ދިމާވި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *