މާލެއިން ގޯތި ދޫކުރުން: އިވެލުއޭޝަން އަންނަ މަހު ނިމޭނެ

file_aedmdj

މާލެ ސަރަހައްދުން ގޯތި ހޯދުމަށް ހުށަހެޅި ފޯމުތަކުގެ ސައްހަކަން ދެނެގަތުމަށް ކުރިޔަށްގެންދާ އިވެލުއޭޝަން އަންނަ ފެބްރުއަރީ މަހު ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މިހާރު ކުރިޔަށްދަނީ ގޯތި ދޫކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށާއި، އެގޮތުން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އިވެލުއޭޓް ކުރަމުން އަންނަ ކަމަށެވެ. އެއަށްފަހު ފޯމްތަކަށް މާކްސް ދީ، ވަގުތީ ލިސްޓް އިއުލާންކޮށް، ފައިނަލް ލިސްޓް ނެރޭނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށްފަހުގައެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ 5000 ގޯތީގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ 1،000 ގޯތި، ގުޅީފަޅުން ދޫކުރާ 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން ދޫކުރާ 2،000 ގޯއްޗެވެ

މާލެ ރައްޔިތުންނަށް ހާއްސަކޮށް 3،000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތުގައި 15،000 އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.

Leave a Reply

Your email address will not be published. Required fields are marked *