ކުރިޔަށް އޮތް 5 އަހަރު އަނިޔާވެރިކަމަށް ދޫކޮށްފިނަމަ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ: އިމްރާން

IMG_9570

ކުރިޔަށް އޮތް ފަސް އަހަރު އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދޫކޮށްލައިފިނަމަ، ދިވެހި ރައްޔިތުންނަށް އަރައިނުގަނެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހަގައި ކުރިޔަށްދިޔަ ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރު އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދިޔުމަށް ގިނަ ރައްޔިތުން ނޭދޭ ކަމަށާއި، އެކަމާ ދެކޮޅަށް ގިނަ ބަޔަކު މިހާރުވެސް ތެދުވެފައިވާ ކަމަށެވެ.

ރާއްޖެ މި ދަނީ ވަރަށް ބޮޑު ބައިބައިވުމަކާއި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމުގެ ތެރެއަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ލިބެން އޮތް ހުރިހާ ކުރިއެރުމެއް ހުއްޓި ހަމަޖެހުން ގެއްލި، ރައްޔިތުންގެ އަމާންކަން ގެއްލި، ރައްޔިތުން ބިރުވެރިކަމާއެކު އަނެއް ފަސް އަހަރު ހޭދަކުރަން ޖެހުން ކަމަށެވެ.

"މީގެ 20 އަހަރު ކުރިން މި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ އަޅުގަނޑުމެން މި ގައުމު ދޫކޮށްލައިފިނަމަ ދެން މި ގައުމު ގޮސް ޖެހޭތަން ވަރަށް ރީތިކޮށް އެބަ ފެނޭ. އަޅުގަނޑުމެން މި ގައުމު ހަރާބުގެ ތެރެއަށް ދޫކޮށްނުލާނަން. އަޅުގަނޑުމެންގެ ހުރިހާ ލީޑަރުން ޖަލަށް ލައި އަނިޔާކުރަން އަދި ޑިމޮކްރަސީ ހަލާުކޮށްލަން، ލޯކަލް ކައުންސިލްތައް އުވާލާކަށް އަޅުގަނޑުމެން ދުލެއް ނުކުރާނަން"

އިމްރާން ވިދާޅުވީ، އަނިޔާވެރި ވެރިކަމެއް އުފެދިއްޖެނަމަ ދެން ވެގެންދާނެ ގޮތް އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މެމްބަރުންނަށް އެނގޭ ކަމަށާއި، ދެވަނަ ބުރާ ދެމެދު މި އޮތް ދުވަސްތަކަކީ މުސްތަގުބަލު ކަނޑައެޅުމަށް އެއް ބޭފުޅޭއްގެ ކިބައިން އަނެއް ބޭފުޅަކު ހިތްވަރު ލިބިގަނެގެން ނިކުމެއްޖެނަމަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *