ދަރަނި ރީ-ފައިނޭންސް ކުރުމާ ގުޅޭގޮތުން އަލީ ނަޒީރުގެ ބޮޑު ތުހުމަތެެއް މުއިއްޒުއަށް؟

large_166893752823FSv2

ރާއްޖޭން ބޮޑެތި ލޯންތައް ރީފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ގާތް ރަހުމަތްތެރި ފަރާތްތަކުން ލިބިފައިވާ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެމަނިކުފާނު އެ ވިދާޅުވާ ދަރަނި ރީ-ފައިނޭންސް ކުރާނެ ފަރާތެއް ހާމަކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރީ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭރު ގައުމުތަކާ ދެމެދު ވެފަހުރި އެއްބަސްވުން އާންމުކުރުމަށް ޑރ.މުއިއްޒު ގޮވާލާއިރު، އެމަނިކުފާނު އެވިދާޅުވާ ދަރަނި ރީ-ފައިނޭންސް ކުރާނެ ފަރާތް ހާމަކުރަން ޖެހޭ ކަމަށެވެ. 

"ކުރީގެ ރައީސް ޔާމީން ޔާމީނު ގޮތަށް ބަދަލުގައި ބޭރުގައުމަކަށް ދިވެހި ބިން މިލްކުކޮށްދެނީ؟ ފޮރުވިފައޮތީ ކޮން ޑީލެއް؟" އަލީ ނަޒީރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. 

ދަރަނީ ރީ-ފައިނޭންސް ކުރެވޭނެ މަގު ފަހިވެފައިވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވާއިރު، އެކަން ފަހިވި ގޮތެއް ވިދާޅެއް ނުވެއެވެ. އަދި ރީފައިނޭންސް ކުރަން އެހީތެރިވާނެ ގައުމެއްވެސް ޑރ.މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދައްކަން ޖެހޭއިރު، މާލީ އިދާރާތަކުގެ އިތުބާރު މިއަދު ރާއްޖެއަށް އެބައޮތް ކަމަށާއި، އެހެންކަމުން ދެވަނަ ދައުރެއްގައި އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *