އިދިކޮޅުން ވޯޓަށް ނުފޫޒު ފޯރުވަނީއޭ ކިޔަނީ ބަލިވާނެކަން ޔަގީންވުމުން: އެމްޑީޕީ

IMG_1680

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތްތަކަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެފަރާތްތަކަށް އެނގޭތީ އިންތިހާބު ގަނޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށް އުފާވެރި އަމާންރާއްޖެ ކެމްޕޭން ޓީމުން ބުނެފިއެވެ.

އުފާވެރި އަމާންރާއްޖެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ ކަންތަކަށް ނުފޫޒު ފޯރުވަން އެ ފަރާތްތަކުން މަސައްކަތް ނުކުރާ ކަމަށާއި، އަދި އެފަދަ ކަމެއް ނުވެސް ކުރާނެ ކަމަުގެ ޔަގީންކަން ދިވެހި ރައްޔިތުންނާއި އިންތިހާބުގެ އޮބްޒާވަރުންނަށް އަރުވާ ކަމަށެވެ.

ލިބިފައި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްކުރި ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތެރިންނާއި، އަދި ރާއްޖެ އަނބުރާ އަނިޔާވެރި އަނދިރި މާޒީގެ ތެރެއަށް ދިޔުމަށް ނޭދޭ އާންމު ރައްޔިތުން ކުރި މަސައްކަތަށް ކެމްޕޭން ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެމްޑީޕީގެ ރިޔާސީ ރައީސް ސޯލިހުއަށް ކެންޑިޑޭޓް ރައީސް ސޯލިހުއަށް ތާއީދު ކުރައްވާ ފަރާތްތައް ދުރު ތަންތަނުގައި ރަޖިސްޓްރީކުރާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެކަމަށް ސަމާލުވެ VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްފައި އައި.ޑީ.ކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އެސް.އެމް.އެސް ކުރައްވައިގެން އެބޭފުޅަކު ވޯޓުލުމަށް ރަޖިސްޓަރވެފައިވާ ވޯޓު ފޮށީގެ މަޢުލޫމާތު ބެލުމަށް އެދޭ ކަމަށްވެސް ކެމްޕޭން ޓީމުން އެދެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު އޮންނައިރު، ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ހުޅުވާލާފައި ވަނީ މިއަދު ހަވީރު 16:00 ޖެހުމާ ހަމައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *