އިދިކޮޅުގެ އަމަލުން ވީ ފައިދާ، ފަހަތަށް ނުޖެހޭނަން: ފަޒްނާ

0d1181f2-896f-4e15-b440-15129ec63915

ހުޅުމާލެ ފޭސް 2 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ކެމްޕޭން ކުރަމުންދަނިކޮށް ފުރައްސާރަކުރުމުންވީ ފައިދާ ކަމަށާއި، ފަހަތަށް ނުޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ ފޭސްބުކްގައި ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި މިއަދު ދޮރުން ދޮރަށް ހަރަކާތް ހިންގަމުން ދަނިކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެ މީހަކު ފުރައްސާރަ ކޮށްފައިވާ ކަމަށާއި، އެ ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ ކަމަށެވެ.

"އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫން. އާންމުން ނިކުމެ ފުރައްސާރަ ކުރި ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިނޑިކަމެއް. މިކަމުން ވީ ފައިދާ. މިހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުންވެސް ދައުވަތު ލިބުނީ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަން" މެޑަމް ފަޒްނާ ވިދާޅުވިއެވެ.

މީގެއިތުރުން މިކަމާ ގުޅުވައިގެން ސަލަފު ބޮޑު މީހާ ދައްކާ ވާހަކައާ ގުޅިގެން މެޑަމް ފަޒްނާ ވިދާޅުވީ، ދުވަހަކު ކޮޅުން އެކަމަނާ ދަންނަ މީހަކަށްވެސް އެކަމަނާއަކީ އިސްލާމް ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން އެގޭނެ ކަމަށާއި، ފުރަތަމަބުރުގައި އެކަމަނާއަކީ އުޅޭ މީހެއްކަންވެސް ނޭނގޭ ކަމަށެވެ. އަދި ދެވަނަ ބުރުގައި ތަންކޮޅެއްގަދައަށް ކެންޕޭން ގައި އުޅެއްފެށުމުން ބޮޑެތި ތުހުމަތުތަކެއްކޮށް ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

މިކަމާ ޖެހިލުން ނުވިޔަސް މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، ކެންޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ. އަދި ހާލު ބެލުމަށް ގުޅުއްވި ހުރިހާ ފަރާތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *