ދެވަނަ ބުރަށް 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓާ ކުރަން ހުށަހަޅައިފި

F6PomPHbQAA310i

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓާ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި 42،867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

"47،000 މީހުންގެ ތެރެއިން 19،000 އަށްވުރެ ގިނަ ފޯމް އިއްޔެގެ ނިޔަލަށް ވަނީ ރަޖިސްޓްރީ ކޮށްދެވިފައި. 27،000 އަށްވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އީސީން އަންނަނީ މަސައްކަތް ކުރަމުން" ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މީގެއިތުރުން ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ  ކަމަށާއި، އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރުމުގެ އިތުރުން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީންކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގައި އިންނާތީ އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ފާހަގަކުރެވޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *