އިލްހާމް އާއި ރިޔާޒްގެ ތާއީދު ރައީސް ސޯލިހުއަށް

Screenshot 2023-09-21 163017

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ މެންބަރު އިލްހާމް އަހްމަދު އާއި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ ތާއީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އޮތްކަން ހާމަކޮށްފިއެވެ.

އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ރައީސްކަމުގެ މަގާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ގާބިލް ބޭފުޅަކީ ރައީސް ސޯލިހު ކަމަށްވާތީ އެމަނިކުފާނަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

"للَّٰه ގެ ތަނަވަސް ރަހުމަތްފުޅުން މި ރިޔާސީ އިންތިޚާބް ކާމިޔާބް ކުރައްވާނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް" އިލްހާމް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައިވާ ކަމަށާއި، ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައިވާ ކަމަށްވެސް އިލްހާމް ވަނީ ވިދާޅުވެފައެވެ.

ރިޔާޒް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޚާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އެކުގައި އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސް ސޯލިހުއަށް ދެވަނަ ބުރުގައި ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަށް ތާއީދު ކުރެއްވި ގިނަ ބޭފުޅުން އަންނަނީ ރައީސް ސޯލިހުއަށް ތާއީދު އޮތްކަން ހާމަކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *