އިންޑިއާއިން 3 ބިލިއަން ރުފިޔާގެ ލޯނު ނަގަން އުޅޭ ވާހަކަ ދޮގުކޮށްފި

Fe8mv0UUYAEJKu0

އިންޑިއާއިން ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރީ ދޮގު ހަބަރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ އިތުރުން ސަރުކާރުގައި ހިމެނޭ އެކި ފަރާތްތަކާ ގުޅޭ ގޮތުން ދޮގު ހަބަރު ފަތުރަމުން އަންނައިރު، އެކަން އެގޮތަށް ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *