ދޮށީ އުމުރުގެ މީހުންނަށް ދޭ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރާނަން: ރައީސް

IMG_1205 (2)

ދޮށީ އުމުރުގެ މީހުންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުފާވެރި އަމާންރާއްޖެ ހުވަދޫ މާލެ ޖަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ދޮށީ އުމުރުގެ މީހުންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސަކީ މިހާރު ދެކޮޅު ޖެހޭ އެލަވަންސެއް ނޫން ކަމަށާއި، މިގޮތުން އެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

"ދޮށީ އުމުރުގެ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސަކީ ދެކޮޅު ނުޖެހޭ އެލަވަންސެއް. ކުރިޔަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާ ދިނުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީފާއިން މީހުން ރިޓަޔާ ކުރާ އުމުރު 65 އަހަރުން 70 އަހަރަށް މަތިކުރަންވެސް ވަނީ ނިންމާފައި ކަމަށާއި، މިކަންތަކާ ގުޅޭ ތަފްސީލްތައް ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *