ދެކުނު އޭޝިއާއިން އިގްތިސާދީ ދުވެލި ހަލުވިވާނީ ރާއްޖޭގެ: ވޯލްޑް ބޭންކް

b_pCxA5nnN0KXKlkNDkMDI7SR1T

ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނެފައިވާ ގޮތުން، 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ވަނީ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކޮށްފައެވެ.

މީގެއިތުރުން މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 8.2 ޕަސެންޓަށެވެ. ނަމަވެސް މިއީ ވޯލްޑް ބޭންކުގެ ކުރީގެ ލަފާކުރުމަށްވުރެ ދެ ޕޮއިންޓުގެ ދަށްވުމެކެވެ. ކުރިން ލަފާކޮށްފައި ވަނީ މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ 12.4 ޕަސެންޓުގައި ކަމަށެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގުތިސާދު ކުރިއަރާނެ ކަމަށް ރާއްޖެ ވަނީ ޓޫރިސްޓުން އަންނަވަރު މި އަހަރު އިތުރުވުމާއި ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *