އެސްއެމްއީ ބޭންކުން ދޫކުރި ކޮވިޑު ލޯނުގެ އިންޓަރެސްޓު ކަނޑާލުމަށް ރައީސް ނިންމަވައިފި

e2O1Eoe2IXnHevqfsi3K

ކޮވިޑް-19 ދުވަސްވަރު އެސްއެމްއީ ބޭންކުން ވިޔާފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކަނޑާލުމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އުފާވެރި އަމާންރާއްޖެ ހުވަދޫ މާލެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް ދުވަސްވަރު އެސްއެމްއީ ބޭންކުން ފިޔަފާރިތަކަށް ދޫކުރި ލޯނުގެ އިންޓްރެސްޓް ރޭޓް ކަނޑާލައި، ކުރިޔަށް އޮތް ދުވަސްތަކުގައި މިހާތަނަށް ދައްކާފައިވާ އިންޓްރެސްޓް ފައިސާ އަނބުރާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އެސްއެމްއީން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮވިޑް ލޯންތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް ދަންމާލުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *