ބ.އަތޮޅަށް މުއިއްޒުވި ހުރިހާ ވައުދަކީވެސް ކޮޕީ ވައުދު: ހިސާން

F4HEg3UbkAAWA56

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ހުރިހާ ވައުދުތަކަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ކޮޕީ ކޮށްގެން ވެފައިވާ ވައުދުތަކެއް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ.މުއިއްޒު ބ.އަތޮޅަށް ވެފައިވާ ވައުދުތަކަކީ ރައީސް ސޯލިހުގެ ވައުދުތައް ކޮޕީކޮށްގެން ވެފައިވާ ވައުދުތަކެއް ކަމަށާއި، މިގޮތުން ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް އެޅުމަށް މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ރައީސް ސޯލިހު ވައުދުވެފައި ވަނިކޮށް، މިއަދު އެ ވައުދު ޑރ.މުއިއްޒު ކޮޕީ ކުރައްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ ވައުދުތައް ޑރ.މުއިއްޒު ކޮޕީކުރައްވާ ކަމުގެ ޝަކުވާތައް ގިނަވަމުން އަންނައިރު، ޑރ.މުއިއްޒުގެ ވައުދުތަކަށް އާންމުންގެ ފާޑު ކިޔުންވެސް އަންނަނީ އަމާޒުވަމުންނެވެ. މިގޮތުން ބައެއް ވައުދުތައް ވަނީ ފަހުން ބަދަލުވެސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *