މުއިއްޒުއަށް ވޯޓު ނުދޭންވީ ކުރީގެ އަނިޔާވެރިކަން އިއާދަކުރަން އުޅޭތީ: މާރިޔާ

872ade98-6353-4518-b424-760e12fa6ac5

ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒުއަށް ވޯޓު ނުދޭންވީ ކުރީގެ އަނިޔާވެރިކަން އިއާދަ ކުރަން އުޅޭތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މުއިއްޒުއަކީ މާލެ މީހެއް ނޫން ކަމަށާއި އެހެންވީމަ މާލެ މީހުން މުއިއްޒަށް ވޯޓުލައިގެން ނުވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ކަމަށް ބުނެ "ދިޔަރެސް" ގައި ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި، މުޢިއްޒުއަށް ވޯޓު ނުދޭންވީ އެއީ އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި، އެކަމުގެ މޭސްތިރިއަކަށް ހުރެ، އަލުން އެކަން އިޢާދަކުރަން އުޅޭތީ ކަމަށް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޑރ.މުއިއްޒުއަކީ ހއ.ވަށަފަރަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، އެބޭފުޅާގެ ރަޖިސްޓްރީ ކޮށްފައި އޮންނަނީ ހ.ދިމްޔާތަށެވެ.  ނަމަވެސް ރައީސް ސޯލިހުގެ ރަޖިސްޓްރީ އޮންނަނީ ނޫރާނިޔާގެ ޅ.ހިންނަވަރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *