ރީ-ރަޖިސްޓްރޭޝަނާ ގުޅިގެން ހުށަހެޅީ އެންމެ 361 ޝަކުވާ!

F6tQ16FacAAh49q

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމްތައް ޕްރޮސެސް ކުރުމަށްފަހު، އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 48 ގަޑިއިރުގެ މުއްދަތަކުގައި ހުށަހެޅީ އެންމެ 361 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމްތަކުން 38،763 ފޯމް ސައްހަ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާއިރު، 11284 ފޯމު ސައްހަ ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހރު ދުވަހު ހެނދުނު 08:00 އިން 17:00 ޖެހުމާ ހަމައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *