ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް މާޒް ސަލީމް ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހުއަށް ތާއީދުކުރައްވައިފިއެވެ.
މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕޭން އިވެންޓުގައި މާޒް ބައިވެރިވެ ވަޑައިގެންފައިވާއިރު، އޭނާއާއެކު ގިނަ އަދަދެއްގެ ބަޔެއްގެ ތާއީދުވެސް ރައީސް ސޯލިހުއަށް ވަނީ ލިބިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރު ނަސީރުއަށް 6.000 އަށްވުރެ ގިނަ ވޯޓު ލިބިފައިވާއިރު، ދެވަނަ ބުރުގައި އޭގެ ތެރެއިން މެޖޯރިޓީ ވޯޓު ރައީސް ސޯލިހުއަށް ވަނީ އެނބުރިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ މުއިއްޒު އާއި ރައީސް ސޯލިހު ވާދަކުރައްވާއިރު، އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން 17:00 ޖަހަންދެކަށެވެ.
Post Views: 69