ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް، 11:00 ޖެހިއިރު %34 މީހުން ވޯޓުލައިފި

F7QSfTVaUAA22pH

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، 1:00 ޖެހުމާ ހަމައަށް ވޯޓުލާ އާބާދީގެ 34.38 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ހެނދުނު 08:00 ޖެހިއިރު ފަށާފައިވާއިރު، 11:00 ޖެހުމާ ހަމައަށް 97،220 މީހުން ވޯޓުލާފައިވާ ކަމަށެވެ.

އިންތިހާބުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފުރަތަމަ ބުރުގައި ވޯޓުލާން ނިކުމެފައި ވަނީ އޭގެ ތެރެއިން 79 އިންސައްތަ މީހުންނެވެ. ނަމަވެސް ދެވަނަ ބުރުގައި ކުރިއާލާ މީހުން ވޯޓުލާން ނިކުންނަމުން ދިޔުމާއެކު ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.

އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *