ޓްރާންސިޝަނަލް ކޮމިޓީގެ އިސް ބޭފުޅަކަށް އަބްދުއްރަހީމް އައްޔަންކޮށްފި

img_md_202310050133051696494785.7246

ކުރިޔަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވުމާއެކު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުފެއްދި ޓްރާންސިޝަނަލް ކޮމިޓީގެ އިސް ބޭފުޅަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ޓްރާންސިޝަނަލް ކޮމިޓީގެ އިސް ބޭފުޅަކަށް އަބްދުއްރަހީމް އައްޔަންކޮށްފައި ވަނީ މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލް އަށް ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހޭއިރު، އޭގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހަކާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުން އަދި އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. އަދި ގާނޫނުގައިވާ ގޮތުން އެންމެ ވެރިކަން ބަދަލުވުމުގެ މަރުހަލާ ގައި އެންމެ ގިނަވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ކޮމިޓީއެއް އުފައްދަވައިފަ އެވެ .އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ.

Leave a Reply

Your email address will not be published. Required fields are marked *