ބިދޭސީ ޓީޗަރުން މަދުވެ، ފާއިތުވި 5 އަހަރު ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެއްޖެ

470129283-1

ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުވެ، ފާއިތުވި ފަސް އަހަރު ދިވެހި ޓީޗަރުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2014 އިން 2018 އަށް ރާއްޖޭގައި 1،356 ބިދޭސީ ޓީޗަރުން ތިބިއިރު، ދިވެހި ޓީޗަރުންގެ އަދަދަކީ 4،078 އެވެ.

ނަމަވެސް 2018އިން ފެށިގެން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،188 އަށް ތިރިވެފައިވާއިރު، ދިވެހި ޓީޗަރުންގެ އަދަދު 6،596 އަށް ވަނީ އިތުރުވެފައެވެ. މިގޮތުން ފާއިތުވެދިޔަ ފަސް އަހަރު 2،518 ދިވެހި ޓީޗަރުންގެ ވަނީ އިތުރުވެފައެވެ.

ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެފައިވާއިރު، ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލާއެކު އެ ދާއިރާއަށް ޝައުގުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *