ދެވަނަ ދައުރަކަށް ނިކުތީ އެމްޑީޕީއަށްޓަކައި: ރައީސް ސޯލިހު

sss

ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ އެމްޑީޕީއަށްޓަކައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ އެމްޑީޕީ ޖަހައިގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި ހިނގަމުންދާ ދައުރު ފުރިހަމަ ކުރައް ގޭގައި ހުންނަވަން މާ ފަސޭހަ ކަމަށާއި، ނަމަވެސް ދެވަނަ ދައުރަކަށް ނިކުންނެވީ ޕާޓީއަށްޓަކައި ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ހަމައެކަނި އެމްޑީޕީގެ ތާއީދު އޮވެގެން ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ތާއީދާއެކުގައި ކަމަށް ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ނޫން އިތުރު އެހެން މީހަކަށް އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު އައްޑޫއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު ސ.ހުޅުދޫ އަދި ސ.މީދޫއަށް ވަޑައިގަންނަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *