ޔާމީންގެ ފޮޓޯޖެހި ބިލްބޯޑް ވައްޓާލި މައްސަލަ ސިޓީ ކައުންސިލުން ބަލަނީ!

Screenshot 2023-10-09 142421

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯޖެހި ބިލްބޯޑް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ވައްޓާލި މައްސަލަ އެ ކައުންސިލުން ބަލަން ފަށައިފިއެވެ.

"އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާ އަހުމަދު ނަރީޝް ވިދާޅުވީ، ޔާމީންގެ ފޮޓޯ ޖެހި ބިލްބޯޑް ވައްޓާލުމާ ގުޅިގެން އެކަން ހިނގައިދިޔަ ގޮތް ސިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީންގެ ފޮޓޯ ޖެހި ބޮޑު ބިލްބޯޑް މާލޭގެ އެކި ސަރަހައްދުގައި ހަރުކޮށްފައިވާއިރު، މައްސަލަ ހޫނުވެފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރުކޮށްފައި ހުރި ބިލްބޯޑު ބިން މައްޗަށް ވައްޓާލި ވީޑިއޯ އާންމުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޕީޕީއެމް އަދި ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުންގެ ފާޑު ކިޔުން ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *