ޕްލާސްޓިކު ކޮތަޅުން ނަގާ ފީ ބައި ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފި

051-saleem-1104x736

ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ދެ ރުފިޔާގެ ފީ، ބައި ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.

ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި މެމްބަރު ސަލީމް ވަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރަން ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު ކަމަށާއި، ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި އަމަލުކުރާ އުސޫލު ކޮތަޅު ފީއަށް ލެވިދާނެ ކަމަށެވެ.

"ފުރަތަމަ ކޮތަޅަކަށް 50 ލާރި ނަގާ ގޮތަށް ބަދަލުކުރިޔަސް، ކޮތަޅުން ނަގާ ފީ އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ގާނޫނުގައި ކަނޑައެޅިދާނެ" މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެއިތުރުން ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމަށާއި، ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށްވެސް މެމްބަރު ސަލީމް ވަނީ ހުށަހަޅުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *