ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ހައްގެއް: އިންތިހާބީ ރައީސް

Screenshot 2023-10-10 130458

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްގެއް ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި އެ މަގަށް ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށެވެ. 

ނަފްސާނީ މައްސަލަ ހުންނަ ފަރާތްތަކަށް އިންޓަނޭޝަނަލް ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި ތަރައްގީކޮށް، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގާނޫނެއް މަޖިލިސް ތެރެއިން ހެދުމަކީ ޑރ.މުއިއްޒުގެ ވައުދެކެވެ. އަދި ނަފްސާނީ ދުޅަހެޔޮ ކަމުގައި ހިމެނޭ ހުރިހާ ކަމެއް ހިމަނައިގެން ސަރުކާރުގެ ނިޒާމުގައި އެކަމަށްް ދޭންޖެހޭ އިސްކަން މަޖުބޫރުވާ ވަރަށް ހެއްދެވުމަކީވެސް ޑރ.މުއިއްޒުގެ ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *