އިންތިހާބީ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރާނެ: ފިރުޒުލް

big_0qfEgpCiF9m9i6XPiQXyDRsvK

އިންތިހާބީ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ، އިންތިހާބީ ސަރުކާރު އެކުލަވާލާއިރު ސިޔާސީ މަގާމުތަކަށް ހަމަޖައްސާނީ 700 ވަޒީފާ ކަމަށާއި، ރައީސް ޔާމީނުގެ ވެރިކަމުގައި އުފައްދަވާފައިވާ ސިޔާސީ މަގާމުތަކަށްވުރެ އިންތިހާބީ ސަރުކާރުން އުފައްދާ ސިޔާސީ މަގާމުތައް މަދުވާނެކަމަށެވެ.

މީގެއިތުރުން ސިޔާސީ މަގާމުތަކުގެ ތެރޭގައި ރައީސް އޮފީހާއި ރައީސް ހުންނަވާ ގެކޮޅާއި، ނައިބު ރައީސް ހުންނަވާ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭނެ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ،

Leave a Reply

Your email address will not be published. Required fields are marked *