ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވަނީ

354617_3_c32e61775903d715dcddc999cb5eac170eb64d8f_large

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަަރު 9 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ކަމަށާއި، އަދި ދެވަނަ ބުރަކަށް ގޮސްފި ނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު މެއި 2 ވަނަ ދުވަހު އާންމުކުރަން ވަނީ ނިންމާފައެވެ. އަދި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި، އެގޮތުން 16 ޖުލައިން 5 އޯގަސްޓާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *