އެމްއެސްއެސްގެ ކޮންޓެއިނަރ ބޯޓުގެ ދަތުރުތައް އައްޑޫއަށް ފަށައިފި

F8Ze_OYawAAZCpY

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އެމްއެސްއެސް އިން ގަނެފައިވާ ކޮންޓެއިނަރ އުފުލާ ބޯޓު، މުދަލާއި އެކު އައްޑޫ ސިޓީއަށް ބަނދަރުކޮށްފިއެވެ.

ބައިނަލްއަގްވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެމްއެސްއެސް އިން ބޭރު ޤައުމުތަކުން މާލޭ ކޮމާޝަލް ބަނދަރަށް ގެނެސްފައިވާ މުދާތަކުގެ ތެރެއިން، އައްޑޫއަށް ގެންދިޔުމަށް ހުރި މުދަލާއެކު ކޮންމެ 10 ދުވަހަކުން މި ބޯޓުގައި އައްޑޫއަށް ބަނދަރުކުރާނެއެވެ. އަދި ދިގުމިނުގައި 67.2 މީޓަރު ހުންނަ މި ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންނެވެ.

އެމްއެސްއެސް އޯޕަލްގެ ނަމުން ނަންދީފައިވާ މިބޯޓަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން ޖުމްލަ 105 ކޮންޓެއިނަރު އުފުލޭ ބޯޓަކަށްވާއިރު،މި ބޯޓުގައި ކްރޭންގެ އިތުރުން ސިމެންތިއާއި، ވެލި ފަދަ ސާމާނު އުފުލުމަށް ދެ ފަލްކާވެސް ހުރެއެވެ.

މީގެއިތުރުން އެމްއެސްއެސް އިން ބުނީ، ކުރިޔަށް އޮތްތަނުގައި މާލެއިން މުދާ ގަނެނެގެން އައްޑޫއަށް ކޮންޓެއިނަރުގައި ފޮނުވުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *