މޫސުމީ ބަދަލުތަކަށް ސައިންސްވެރިން ދައްކާ ވާހަކަ ގަބޫލެއް ނުކުރަން: މުއިއްޒު

b_A0c97gLv7CNCk7L9qnsttsPaZ

މޫސުމީ ބަދަލުތަކާ ބެހޭގޮތުން ސައިންސްވެރިން ދައްކާ ވާހަކަ ގަބޫލެއް ނުކުރައްވާ ކަމަށާއި، އަދި ރާއްޖޭގެ ހާލަތު އެހާ ސީރިއަސް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި 2050 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ 80 އިންސައްތަ އަޑިއަށްދާނެ ކަމަށް ސައިންސްވެރިން ދިރާސާތަކުން ދެއްކި ނަމަވެސް، އެ ދިރާސާތައް ގަބޫލު ނުކުރައްވާ ކަމަށާއި، އަދި ސައިންސްވެރިން ފާހަގަކުރައްވާ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިގެންދާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ދިރާސާތަކަކީ ރަނގަޅު ދިރާސާތަކެއް ކަމަށް އަޅުގަނޑު ނުދެކެން. ކަނޑުގެ ލޮނުގަނޑު ކަންބޮޑުވާން ޖެހޭ ވަރަށް އުފުލޭ ކަމަށް ނުދެކެން. ރާއްޖެއަށް އައިސް ބަލާލުމުން އެނގޭނެ މިތަނުގައި ތިކަންތައް އެހާ ސީރިއަސް ނޫންކަން" އިންތިހާބީ ރައީސް ޑރ.މުއިއްޒު އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ކަނޑުގެ ލޮނުގަނޑު އުސްވަމުން އައުމުގެ ސަބަބުން ރާއްޖެއަށް އޭގެއިން އަސަރުކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތައް ގިރުމުގެ މައްސަލަ ކުރިޔާ ހިލާފަށް ވަނީ އިތުރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *