ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ ރައީސް ސޯލިހު ކުށްވެރިކުރައްވައިފި

311304_3_eaae5ed646da90edb737149a18593e66dbd5d5cd_large

ގާޒާގެ އަލް އަހްލީ އަރަބި ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހޮސްޕިޓަލްތަކާއި ހަނގުރާމަ ނުކުރާ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތައް އެއްގޮތަކަށްވެސް ތަންދޭ ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑަށް ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މިގޮތުން ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅައި، ގާޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ރައީސް ސޯލިހު ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފައިވާއިރު، އދ. ގައިވެސް ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން ހިންގާ ގަތުލްއާމާ ދެކޮޅަށް އަޑު އުފުލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *