ބ.ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން، 470 މީޓަރުގެ ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަށް 22.1، މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މި މަޝްރޫއުގެ ސަބަބުން ދަރަވަންދޫ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށްވަނީ ބޮޑު ހައްލެއް ލިބިގެން ގޮސްފައެވެ.
ދަރަވަންދޫއަކީ 1،200 އެއްހާ މީހުންގެ އާބާދީ އޮންނަ ރަށަކަށްވާއިރު، އެ ރަށުގައި 14 ގެސްޓްހައުސް ހުރެއެވެ.
Post Views: 39