ދަރިމައިނުވުމުގެ މައްސަލައަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ގައުމީ ނިޒާމު (އާސަންދަ) ގެ ދަށުން ދޭ ހިދުމަތް ފުޅާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރު ފާސްކޮށްފިއެވެ.
ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް މެމްބަރު މީކާއިލް ހުށަހެޅުއްވި ގަރާރު، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
Long-awaited resolution calling for infertility treatments to be covered under Aasandha has finally been passed by Parliament. Resolution was accepted by Majlis on 19 June 2022- 16 months ago. Unnecessary delay in bringing this for a vote has in turn delayed the rights of many! https://t.co/3fSJi3ylJT pic.twitter.com/qiFy0ASggF
— Meekail Naseem 🎈 (@MickailNaseem) October 18, 2023
މެމްބަރު މީކާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާސަންދައިގެ ދަށުން ދަރިމައިނުވުމުގެ ފަރުވާތައް ކަވަރު ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ދިގު އިންތިޒާރަކަށްފަހު މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި، މަޖިލީހަށް މި ގަރާރު ބަލައިގަތީ މިދިޔަ އަހަރު ޖޫން މަހުގައި ކަމަށެވެ. މިގޮތުން ގަރާރު ފާސް ކުރެވިގެން ދިޔައީ 16 މަސް ފަހުންކަން ފާހަަކުރައްވާ މީކާއިލް ވިދާލުވީ، ގަރާރު ފާސްނުވެ ދިގުލައިގެން ދިޔުމުން ގިނަ ބައެއްގެ ހައްގުތައްވެސް ނުލިބި ލަސްވެގެންދިޔަ ކަމަށެވެ.