އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާކަން ޓޮމް އިއުލާންކޮށްފި

87fc994d-7169-49f9-b784-c0cbcefc0d7b

ކުރިޔަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ވާދަކުރައްވާނެކަން މަހިބަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތާރިގް (ޓޮމް) ހާމަކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ، އެފްއޭއެމްގެ ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފައިވާ ކަމަށާއި، ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދޭ ކަމަށެވެ.

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާކަން ރަސްމީކޮށް މިހާތަނަށް ޓޮމް އެކަނި ހާމަކޮށްފައިވާއިރު، އެފްއޭއެމްގެ ރައީސް ކަމަށް އަލީ އަޝްފާގު (ދަގަނޑޭ) ގެނައުމަށް ސޯޝަލް މީޑިއާގައި އަންނަނީ ވަރުގަދަ ކެމްޕޭނެއްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންތިހާބުގައި ދަގަނޑޭ ވާދަކުރާކަން ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފުޓުބޯޅަ އާއި އެފްއޭއެމް ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް އެފްއޭއެމްގެ ލީޑާޝިޕާ ބަދަލު ކުރުމަށް ދިވެހި ސަޕޯޓަރުން އަންނަނީ އަޑު އުފުލަމުންނެވެ. މިގޮތުން އެފްއޭއެމްގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލު ވަކި ކުރުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *