ރަފާ ބޯޑަރު ހުޅުވައި، އެހީ ހިފައިގެންދިޔަ 20 ޓްރަކް ގާޒާއަށް!

Screenshot 2023-10-21 134926

މިސްރުގެ ރަފާ ބޯޑަރު ހުޅުވައި، ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ހިފައިގެންދިޔަ 20 ޓްރަކް ގާޒާއަށް މިސްރާބު ޖަހައިފިއެވެ.

އިޒްރޭލުން ފަލަސްތީނަށް މެދުކެނޑުމެއް ނެތި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިއަދު ރަފާ ބޯޑަރު ހުޅުވައި، އެހީ ހިފައިގެން ދިޔަ 100 އަށްވުރެ ޓްރަކްގެ ތެރެއިން ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަނުމަށް ފުރުސަތު ދީފައި ވަނީ އެންމެ 20 ޓްރަކަށެވެ. މިކަމާ ގުޅިގެން ޔޫއެން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިތުރުން ފަލަސްތީނުގެ ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *