ހުޅުމާލެ ފޭސް 3 ސައިޓް އޭ ހިއްކާ ނިންމައި، ސައިޓް ބީ ހިއްކަން ފަށައިފި

592ad69a-d577-4bd5-bb40-33db7df41845

ހުޅުމާލެ ފޭސް 3 ސައިޓް އޭ އެއްކޮށް ހިއްކައި، ސައިޓް ބީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ފޭސް 3 ގެ ސައިޓް އޭގައި ހިމެނޭ 10 ހެކްޓަރު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށް ދަނީ ސައިޓް ބީ ހިއްކުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ވަނީ ސައިޓް ބީ ހިމެނޭ ސަރަހައްދުގައިވާ އުޅަނދުތައް މާދާމާގެ ކުރިން ނެގުމަށް އެދިފައެވެ.

ފޭސް 3 ގެ ސައިޓް ބީ ރަތް ކުލައިން ފާހަގަކުރެވިފައި

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބަޔަކަށްވާއިރު، ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއުއެއް ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *